ދ. އަތޮޅު މީދޫފުށީގައި ހިންގަމުން އަންނަ ސަން ސިޔާމް ވިލުރީފް ރިސޯޓް ނުވަތަ ސަން އަކުއަ ވިލުރީފަށް މީގެ އަހަރުތަކެއް ކުރިން އައި ފަތުރުވެރިއެކެވެ. އޭނާ އާއްމުކޮށް އެ ރިސޯޓަށް އަންނަނީ ފިރިމީހާވެސް ގޮވައިގެންނެވެ. މިއީ އެ ރިސޯޓު މުވައްޒަފުންނާއި ރިސޯޓަށްވެސް އެންމެ ހާއްސަ "މާމަ" އެވެ މި މާމަ އެ ރިސޯޓަށް މިހާރު 43 ފަހަރު އަތުވެއްޖެއެވެ. މިފަހަރު އައީ ފިރިމީހާއާ ނުލާ އެކަންޏެވެ. އޭޕްރިލް 30 ވަނަ ދުވަހު އެ އަންހެން މީހާ ރިސޯޓަށް ދިއުމުން ކީ ހިތުން ފިލާ ނުދާނެ ވަރުގެ މަރުހަބާއެކެވެ. ޖަރުމަންވިލާތަށް ނިސްބަތްވާ ބާބެލް ގާޑް ރިޗާ ނަމަކަށް ކިޔާ އެ އަންހެން މީހާ އަށް ހޫނު މަރުހަބާއެއް…